އޮބިޗުއަރީ

އަހްމަދިއްޔާ ސްކޫލުގެ ހިދުމަތްތެރިޔާ ޝާކިރު ނިޔާވެއްޖެ

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އިބްރާހިމް ޝާކިރު (46 އ) ނިޔާވެއްޖެ އެވެ.

ޝާކިރު ނިޔާވީ ރޭ މެންދަމު 3:00 ހާއިރު ކުއްލިއަކަށް ހަރަކާތް ހުއްޓުމާ ގުޅިގެން ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ޝާކިރު ނިޔާވެފައި މިވަނީ އަހްމަދިއްޔާ ސްކޫލުގެ ބައެއް ދަރިވަރުންނާއި މުދައްރިސުންނާ އެކު ޝާކިރު ނިސްބަތްވާ ލ. އަތޮޅަށް ކުރެއްވި ފީލްޑް ޓްރިޕް ދަތުރު ނިންމަވާލެއްވުމަށްފަހު ރޭ މާލެ އައި ފަހުންނެވެ.

އަހްމަދިއްޔާ ސްކޫލުގައި ތައުލީމު ހާސިލް ކުރެއްވިއިރުވެސް ޝާކިރަކީ ސްކޫލުގައި ހިދުމަތްތެރި ދަރިވަރެކެވެ. އަދި ފަހުން އަހްމަދިއްޔާގެ ވަޒީފާއާ ގުޅުނު ފަހުން އެއީ ސްކޫލުގައި އެންމެ ހިދުމަތްތެރި މުވައްޒަފު ކަމަށް އަހްމަދިއްޔާގެ މުވައްޒަފުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓްތަކުގައި ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓު މެމްބަރުކަން ވެސް ކުރެއްވި ޝާކިރު ނިޔާވިއިރު ހުރީ އަހްމަދިއްޔާ ސްކޫލުގެ ޑެޕިއުޓީ ޑިރެކްޓަރަކަށެވެ.

ޝާކިރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.