މޯލްޑިވްސް ޕޮލިސް ސާވިސް

ފ. އަތޮޅުން އަތުލައިގަތީ 45 ކިލޯގެ ހެރޮއިން

ފ. ފިލިތެޔޮ ކައިރިން ކަނޑުގައި ފޮރުވާފައި ހުއްޓާ ފެނިފައިވަނީ 45 ކިލޯގެ ހެރޮއިން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފ. އަތޮޅުގައި ތިބޭ ފުލުހުން މި އޮޕަރޭޝަން ފެށީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

ފުލުހުން މިރޭ މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ ފ. އަތޮޅުގައި ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އަހަރު ވެސް ވަނީ ދެ ފަޅު ރަށެއްގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފަ އެވެ.