ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި އެވެ.
ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުން މީހުން ގެނެސް ހަށިވިއްކުމުގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ.
އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަަސް ޖަހާފަ އެވެ.
އެ މީހާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން އަމުރުކުރީ އޭނާއަކީ ހަށިވިއްކުމުގެ ވިޔަފާރިކުރާ ނެޓްވޯކްގެ އިސް މީހެއް ކަމަށް ބެލެވޭތީ މައްސަލައިގައި ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވަފާނެތީ އާއި ފިލާފާނެތީ އެވެ.