މޯލްޑިވިއަން

މޯލްޑިވިއަންގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި

ގައުމީ އެއާލައިން -- މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން އިންޑިއާގެ ކޮޗިންއަށް ދަތުރުކުރަމުން ދިޔަ ބޯޓު ކުއްލި ހާލަތުގައި ޖެއްސީ ވީއައިއޭ ގައެވެ.

ބޯޓު ޖެއްސީ އެ ވަގުތު ބޯޓުގައި ދަތުރުކުރަމުން ދިޔަ ކުޑަ ކުއްޖަކަށް ސިއްހީ މައްސަލަތަކެއް ދިމާވެގެންނެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.