ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން ޔޫއެފާ ޗެންޕިއަންސް ލީގު ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ހުދާއަށް

May 22, 2023

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓަކާޑު ކަސްޓަމަރުންނަށް ހުޅުވާލި ޕްރޮމޯޝަންގެ ދަށުން ހުރިހާ ހަރަދަކާއެކު ދެ މީހަކަށް އިސްތަންބޫލްގައި އޮންނަ ޔޫއެފްއާ ޗެންޕިއަންސް ލީގު ފައިނަލް މެޗް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ފަރާތް ގުރުއަތުން ހޮވައިފި އެވެ.

މި ޕްރޮމޯޝަން އިން ހޮވުނު ފަރާތަކީ ހުދާ ހުސެއިން ހަބީބެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ ބީއެމްއެލް އިން ދޫކޮށްފައިވާ މާސްޓަކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭ ގޮތަށެވެ.

މާސްޓަކާޑަކީ ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.