އާޓިފިޝަލް ބީޗް

މާފަންނު އާޓިފިޝަލް ބީޗު ހުޅުވުން މިރޭ

ހުޅަނގު ފަރާތުގައި ތަރައްގީ ކުރާ އާޓިފިޝަލް ބީޗު: އާ ބީޗް ރަސްމީކޮށް ހުޅުވުން މިރޭ -- އަވަސް ފައިލް ފޮޓޯ
0%
0%
0%

ރަށެއްގެ މަލަމަތި ސިފަވާ ގޮތަށް ހުޅަނގު ފަރާތުގައި ތަރައްގީ ކުރާ އާޓިފިޝަލް ބީޗު މިރޭ ރަސްމީކޮށް ހުޅަން ހައުސިން މިނިސްޓްރީ އިން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގެ އިތުރުން ސަރުކާރުގެ ބޮޑު ފަސް ކުންފުންޏަކުން ބީޗު ތަރައްގީ ކުރުމުގެ އެކި މަސައްކަތް ކުރަމުން އައި އިރު ކުރިން ރޭވިފައި އޮތީ މިދިޔަ މަހު މެދުތެރޭގައި ބީޗުގެ މަސައްކަތް ނިންމައި ހުޅުވުމަށެވެ. ނަމަވެސް އެ ދުވަސްކޮޅު މޫސުން ގޯސްވެ މުވައްޒިފުންނަށް މަސައްކަތް ކުރަން ހުރަސްތަކެއް ހުރުމުގެ ސަބަބުން މަސައްކަތް ވަނީ ވަގުތައް ނުނިމިފަ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އާ އާޓިފިޝަލް ބީޗުގެ މަސައްކަތް ނިންމާލައިފަވާ ކަމަށާއި އެގޮތުން މިރޭ ބީޗު ރަސްމީކޮށް ހުޅުވުން އޮންނާނެ ކަމަށެވެ. މީގެ އިތުރުން އެ ރަސްމިއްޔާތަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވާނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

މާފަންނުގައި އާޓިފިޝަލް ބީޗެއް ތަރައްގީ ކުރުމަކީ ސަރުކާރުން ޖުމްލަ 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންދިޔަ ބޮޑު މަޝްރޫއެކެވެ. އެގޮތުން ބީޗުގައި ބާބަކިއު ސަރަހައްދަކާއި މަސްބާނާ ހާއްސަ ތަނެއް ހަދައިފަވެ އެވެ. އަދި ރަށެއްގެ މަލަމަތި ސިފަވާ ގޮތައް ހެދުމަށް ހައުސިން މިނިސްޓްރީ އިން 300 މަގޫ ގަސް އިންދާފައިވާ އިރު އެމްޑަބްލިއުއެސްސީ އިން އަންނަނީ ބީޗުގައި ޕެވިލިއަން އެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345