އާދަމް ޝަރީފު އުމަރު

ރިފްއަތު ވަޑައިނުގަތުން ސިފަކުރެއްވީ ހުދުމުހުތާރު ކަމެއްގެ ގޮތުގައި

މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް -- ފޮޓޯ: މަޖިލިސް
0%
0%
0%

ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް މަޖިލީހަށް ވަޑައިނުގަތުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ހުދުމުހުތާރު ސިފައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ބަންޑާރަނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަައިގައި ރިފްއަތު ލިޔުމުން ޖަވާބު ދެއްވުމުން އެކަމަށް ފާޑު ވިދާޅުވަމުންނެވެ.

"މިއަދު މި މަޖިލީހަށް ބަންޑާރަނައިބު ވަޑައިނުގަތުމަކީ ޑިމޮކްރަސީއާ ވަރަށް ބީރައްޓެެހި އަދި ހުދުމުހުތާރު ސިފައެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތް އިރު އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ސަރުކާރުގެ ތެރޭގައި ޑިމޮކްރަސީއާ ބީރައްޓެހި ނާތަހުޒީބު ސަގާފަތެއް ފަތުރަމުންދާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ޖަވާބުދާރީވުމަށް ބަންޑާރަނައިބު މަޖިލީހަށް ވަޑައިނުގަތުމުން އިތުބާރު ގެއްލިފައިވާކަން އަމިއްލަފުޅަށް ގަބޫލު ކުރައްވާފައިވާކަން ދޭހަވާ ކަމަށެވެ.

"ސާފުވެގެން މި ދިޔައީ މި މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ކުރައްވާނެ ސުވާލުތަކަށް ދެއްވާނެ ޖަވާބެއްވެސް ހަގީގަތުގައި ނެތްކަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އަނގަބަހުން ނުވަތަ ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ވަޒީރަށް ލިބިވަޑައިގަންނަވަ އެވެ.

ބަންޑާރަނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް 30 މިނެޓް ދޭން މަޖިލީހުގެ އާންމު ކޮމިޓީން ނިންމި އެވެ. ނަމަވެސް ބަންޑާރަނައިބު ރިފްއަތު ޖަވާބު ދެއްވީ ލިޔުމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345