ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކިޑްސް ސޭވަ އެކައުންޓެއް ހުޅުވައިގެން ފައިސާގެ އިނާމު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކިޑްސް ސޭވަ އެކައުންޓެއް ހުޅުވައިގެން ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މިއަދުން ފެށި ޕްރޮމޯޝަން ޖުލައި 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ލަކީ ޑްރޯ މެދުވެރިކޮށް ހޮވޭ 20 ނަސީބުވެރިންގެ ކިޑްސް ސޭވަ އެކައުންޓަށް 5،000 ރުފިޔާ ޖަމާކުރެވޭނެ އެވެ.

މީގެ އިތުރުން އަހަރު ނިމޭއިރު އެކްޓިވް އެކައުންޓްތަކުގެ މެދުގައި ނެގޭ ގުރުއަތުން 20 ނަސީބުވެރިންގެ ކިޑްސް ސޭވަ އެކައުންޓަށް 2،500 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއެއް ނެގެމަށްފަހު އެންމެ ކައިރި ބްރާންޗަށް ނުވަތަ މާލޭގައި ނަމަ އެކައުންޓް އޯޕަނިން ސެންޓަރު އަދި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި މިކަމަށް ހާއްސަކޮށްފައިވާ ކައުންޓަރުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓް ހުޅުވޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް ކިޑްސް ސޭވާ ޕްރޮމޯޝަންގެ އިތުރު މައުލޫމާތު ބޭންކްގެ ވެބްސައިޓުން ލިބޭނެ އެވެ.