މޯލްޑިވްސް ޕޮލިސް ސާވިސް

ދޮޅު ލައްކަ ރުފިޔާގެ މުދާ ހިފައިގެން ފިލި ޓެކްސީ ޑްރައިވަރަކު ހޯދައިފި

ދޮޅު ލައްކަ ރުފިޔާގެ މުދާ ހިފައިގެން ފިލި ޓެކްސީ ޑްރައިވަރަކު ހޯދައިފި އެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޓެކްސީ ކިއުއިން މީހަކު ނެގި ކާރަކަށް އެރުވި 150،000 ރުފިޔާގެ އިލެކްޓްރޯނިކްސް ސާމާނު ހިފައިގެން ދިޔަ ޑްރައިވަރަކު އެ ތަކެތި ގެންދަންޖެހޭ ހިސާބަށް ނުގެންދާކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިތަކެތި މާފަންނު ފުލުހުން ހޯދީ ސީސީޓީވީ ފުޓޭޖު ބަލައި އެ ޓެކްސީ ދެނެގަނެގެން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

"ރައްޔިތުންނަށް ކަމެއް ދިމާވާ ހިނދު ދިވެހި ފުލުހުން ތިބޭނީ އެހީތެރިކަން ފޯރުކޮދިނުމުގައި އަބަދުވެސް ރައްޔިތުންނާ އެންމެ ގާތުގައި. ކަމެއް ދިމާވާ ހިނދު ވީއެންމެ އަވަހަށް އަޅުގަނޑުމެންނަށް ރިޕޯޓުކުރައްވާ،" ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު މިއަހަރު ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ.