ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބޮޑު ދެ މަޝްރޫއު ފެށުމަށް ރައީސް ސޯލިހް އައްޑޫއަށް ވަޑައިގެންފި

Jun 3, 2023
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޑޫ ސިޓީއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް މިއަދު ފަށްޓަވައިފި އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް އޮފީހުން ބުނ އައްޑޫ ސިޓީގެ ތަރައްއާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ބަދަލުތަކާއެކު އައްޑޫ ސިޓީއަކީ ސަރަހައްދީ އިގްތިސާދުގެ މައި ހަބަކަށް ބަދަލުވެ، އޭގެ އެތަކެއް ފައިދާތަކާއި މަންފާއެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ތަރައްގީއަށް ހިންގޭ ބައެއް މަޝްރޫއުތައް ފަށްޓަވައި ދެއްވައި، އަދި މިހާރު ކުރިއަށްދާ ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް ބައްލަވައި ލައްވާނެ އެވެ. މިގޮތުން އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.


އަދި އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ބޮޑެތި އެހެން މަޝްރޫއުތަކުގެ ތެރެއިން އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އެމަނިކުފާނު ބައްލަވައި ލައްވާނެ އެވެ. މީގެ އިތުރުން އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރަށް ވެސް ރައީސްގެ މިދަތުރުފުޅުގައި ޒިޔާރަތްކުރައްވާނެ އެވެ.

ރައީސް ސޯލިހް އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި، އައްޑޫ ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ބައްދަލުކުރެއްވުމުގެ އިތުރުން އައްޑޫ ސިޓީގެ ރައްޔިތުންނާއިއެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.