ރ. އަތޮޅު ދެކުނު ބިތުގައި ސަރުކާރުން ތަރައްގީކުރަން ނިންމި އެއާޕޯޓް ބެރިޔަންފަރުގައި އެޅުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރ. އަތޮޅު ދެކުނު ބިތުގައި ތަރައްގީކުރާ އެއާޕޯޓް ބެރިޔަންފަރުގައި އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ހޯދޭނީ އެއްގަމާއި ކަނޑާއި ވައިގެ މަގުން މުޅި ރާއްޖެ ގުޅާލެވިގެން ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ ދެމެހެއްޓެނިވި ގޮތުގައި ކަމަށެވެ.
މި އެއާޕޯޓް ތަރައްގީކުރަނީ ކްރޮސް ސަބްސިޑީ އުސޫލުންނެވެ.