އާބަންކޯ އާއި ޓީ-ހަބް ފައުންޑޭޝަނާ ދެމެދު ޓެކްނޮލޮޖީ އަދި އިނޮވޭޝަން ބްރިޖެއް ގާއިމުކުރުމަށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
އާބަންކޯގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ. އަދި ޓީ-ހަބް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޑެލިވަރީ އޮފިސަރު އާނިޝް އެންތަނީ އެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން އާބަންކޯއާއި، ޓީ-ހަބް ފައުންޑޭޝަނާ ދެމެދު އިނޮވޭޝަން އަދި ޓެކްނޮލޮޖީ ޓްރާންސްފާ ކުރެވިގެންދާނެ އެވެ. އަދި ހުޅުމާލެއަކީ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް އީޖާދީ އީކޯސިސްޓަމެއް ބިނާކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.
އާބަންކޯ އިން ބުނީ މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.
ހުޅުމާލެއަކީ ރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އާބަންކޯގެ ސްމާޓްކޮމް ބްރޭންޑުން ދަނީ އެކަމަށް ބޭނުންވާ ޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ވެސް ތައާރަފް ރަމުންނެވެ. ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ލުއި ފަސޭހަ ސްމާޓް ސިޓީއަކަށް ހުޅުމާލެ ވެގެން ދިއުމަކީ އެ ކޯޕަރޭޝަންގެ އަމާޒު ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.