އަބްދުﷲ ޝާހިދު

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާއިން ނަގައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާއިން ނަގައިފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފައި ވަނިކޮށް މައްސަލަ ނެގީ މަޖިލީހުގެ ކޮމިޓީތަކުގެ މެންބަރުން އަލުން އެކުލަވާލުމުގެ މަސައްކަތް ނުނިމޭތީ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން އަވަސް އަށް ޔަގީންކޮށްދެއްވި އެވެ.

އިދިކޮޅުން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލަ އިޓްލޮސް އިން ނިންމިއިރު ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައި މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތަކަށް އަދާކުރައްވާފައި ނެތް ކަމަށް ތުހުމަތުކުރުމަށްފަހު އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް މިނިސްޓަރު ޝާހިދަށް ވަނީ 14 ދުވަހުގެ ނޯޓިސް ވެސް ދީފަ އެވެ.

ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޒިންމާ އެކަށީގެންވާ ގޮތަކަށް އަދާކުރައްވާފައި ނުވާ ކަމަށް ތުހުމަތުކޮށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގަތުމަށް އެމަނިކުފާނު ވެސް މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި އެވެ.

ނަމަވެސް މެންބަރުންގެ ސުވާލުތަކަށް ރިފްއަތު ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ މެންބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ކަނޑައަޅައި މިއަދުގެ ޖަލްސާ ނިންމާލީ އެވެ.