މޯލްޑިވްސް ކަސްޓަމްސް ސާވިސް

ރާއްޖެ އައި ޕާކިސްތާން މީހެއްގެ އަތުން 10 ކިލޯގެ ޑްރަގްސް އަތުލައިގެންފި

ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއައި ޕާކިސްތާން މީހެއްގެ ލަގެޖުން 10 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

މިތަކެތި އަތުލައިގަތީ މިއަދު ޕާކިސްތާންގެ ފައިސަލް އާބާދުން ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 25 އަހަރުގެ ފިރިހެނެއްގެ އަތުންނެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އޭނާއާ މެދު ޝައްކުކުރެވިގެން ސުވާލުކޮށް، ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުނު ކަމަށެވެ.

އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިވެ އެވެ.

ކަސްޓަމްސް އިން ބުނީ މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 10.14 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީހުކުރުމަށްޓަކައި ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ޕާކިސްތާނަކީ ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ ގައުމުގެ ގޮތުގައި ފާހަގަކުރެ އެވެ. އެގޮތުން ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގެ މިދިޔަ މަހުގެ 30 ވަނަ ދުވަހުވެސް ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ.