ފިނިޕޭޖް

ކިއާނޫ ރީވްސްގެ ބޭންޑް 20 އަހަރުފަހުން ސްޓޭޖްމަތިން

"ޖޯން ވިކް"ގެ އެކްޓަރު ކިއާނޫ ރީވްސްގެ އޯލްޓަނޭޓް ރޮކް ބޭންޑް -- ޑޯގްސްޓާ 20 އަހަރު ފަހުން އެކުގައި ޕާފޯމްކޮށްފި އެވެ.

މި ބޭންޑް ޕާފޯމްކޮށްފައިވަނީ ނޭޕާ ވެލީގެ ބޮޓްލްރޮކް ފެސްޓިވަލް ގައެވެ. މި ބޭންޑްގެ ޕާފޯމަންސްގެ ތެރެއިން އާ އަލްބަމްގެ ދެ އާ ލަވަ ކިޔާފައިވެ އެވެ.

ޑޯގްސްޓާ އުފައްދާފައިވަނީ 1990ގެ އަހަރުތަކުގެ ކުރީކޮޅެވެ. ކިއާނޫގެ އިތުރުން މި ބޭންޑްގެ މެމްބަރުންނަކީ ރޮބަޓް މެއިލްހައުސް އާއި ބްރެޓް ޑޮމްރޯސް އެވެ.

މި ބޭންޑް އޮކްޓޯބަރު 2002 ގައި ރޫޅުނެވެ. އަދި 20 އަހަރު ފަހުން އަލުން ގުޅި، "ވީއާ ބެކް" ޖަހާފައިވާ ޕޯސްޓެއް އިންތަސްގްރާމްގައި ހިއްސާކޮށްފައިވެ އެވެ.

ކިއާނޫ ބުނީ އެއްކޮށް މިއުޒިކް ކުޅެ، ލަވަ ލިޔެ، ޝޯ ކުޅުން ވަރަށް ބޮޑަށް ހަނދާންވި ކަމަށާއި އަނެއްކާ ކުޅެން ފެށުމުން ވަރަށް ހިތްހަމަޖެހި، ކްރިއޭޓިވްވި ކަމަށެވެ. އަލުން އެންމެން ގުޅެން ނިންމި ކަމަށްވެސް ބުންޏެވެ. އަދި ކިއާނޫގެ އެހެން ފިލްމް ޕްރޮޖެކްޓެއް ނެތިފައި ޖޯން ވިކް ޕްރޮމޯޓްކުރަންނުޖެހޭ ދުވަސްވަރު ޓުއާ ކުރާނެ ކަމަށްވެސް ބުންޏެވެ.

ކިއާނޫގެ "ޖޯން ވިކް: ޗެޕްޓާ 4" މިދިޔަ މާޗް މަހު ވަނީ ކާމިޔާބުކަމާއެކު ރިލީޒްކޮށްފަ އެވެ.

"ޖޯން ވިކް" ފްރެންޗައިޒްގެ އިތުރުން ކިއާނޫގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "ބިލް އެންޑް ޓެޑްސް އެކްސަލަންޓް އެޑްވެންޗާ" އާއި ދެ ސިކުއެލް، "ބްރެމް ސްޓޯކާސް ޑްރެކިއުލާ"، "އަ ވޯކް އިން ދަ ކްލައުޑްސް"، "ދަ ޑެވިލްސް އެޑްވޮކޭޓް"، "މެޓްރިކްސް"ގެ ހަތަރު ފިލްމް، "ކޮންސްޓަންޓީން" ހިމެނެ އެވެ.