ފިނިޕޭޖް

ނޯ ބްރޭންޑާއެކު ކާޑީ ބީގެ ޕާޓްނަޝިޕް އުފެއްދުންތަކެއް

ރެޕާ ކާޑީ ބީ ޔުނިލީވާ ފުޑް ސަޕްލައިޒްގެ ނޯ ބްރޭންޑާއެކު ޕާޓްނަޝިޕެއް ހަދައި، "ކާޑީ ބީ ޓޭސްޓް ކޮމްބޯ" ނެރެފި އެވެ.

މިބްރޭންޑްގައި ރަހަމީރު އެކި ރެސިޕީތަކާއި ޕާސްތާ، ތަރުކާރީ، ކުކުޅު، ޒައިތޫނި ތެލާއި، ރަހަމީރު ކުރާ ސީޒަނިންގްސްގެ އިތުރުން ނޯގެ ޗިކަން ބުޔޯ ފުޅިއެއް ހިމެނެ އެވެ.

މީގެތެރޭގައި "ކާޑީސް ޗިކަން" ވެސް ހިމެނެ އެވެ. ކާޑީ ބުނީ އޭނާގެ ހަތަރު އަހަރާ ބައިގެ ދަރިފުޅު ކަލްޗާ ކިއާރީ އަކީ ކާންދިނުމަށް އުނދަގޫ ކުއްޖެއް ކަމަށާއި އޭނާއަށް ކަމުދާ އެއްޗެހި މަދު ކަމަށެވެ. އެހެންނަމަވެސް "ކާޑީސް ޗިކަން" އާއި ކާޑީގެ "މެރީ މީ ޕާސްތާ" ކަލްޗާ ކިއާރީއަށް ވަރަށް ކަމުދާ ކަމަށް ކާޑީ ބުންޏެވެ.

މިއީ އެމެރިކާގެ ނިސްބަތުން ބަލާއިރު އަގު ހެޔޮކޮށް ވިއްކާ ކޮމްބޯއެކެވެ. އަދި ބުރަކޮށް އުޅޭ މަންމައިންނަށް ވަރަށް ފަސޭހައިން މީރުކޮށް ކައްކާލެވޭ ރެސިޕީތަކެކެވެ.

ކާޑީ ބުނީ ކައްކާއަކީ އޭނާ ބޭނުންނުވާ ލަގަބެއް ނޫން ކަމުގައިވިޔަސް މިހާރު އާއިލާގެ ސަބަބުން އޭނާ ކައްކާއަކަށް ވެއްޖެ ކަމަށެވެ. އަދި ނޯ ބްރޭންޑްގެ ތަކެއްޗަކީ އޭނާގެ ބަދިގޭގައި އަބަދުވެސް ހުންނަ އެއްޗެއް ކަމަށް ކާޑީ ބުންޏެވެ.

ލަވަކިޔުމާއި ޕްރޮޑިއުސަރަކަށްވުމާއި ޓީވީ ސްޓާރަކަށް ވުމުގެ އިތުރުން ކާޑީ އަކީ ވިޔަފާރިވެރިއެކެވެ.

ކާޑީ ފެބްރުއަރީ މަހު ވެލެންޓައިންސް ޑޭއަށް ހާއްސަކޮށް މެކްޑޮނަލްޑްއާ އެކު "ކާޑީ ބީ އެންޑް އޮފްސެޓް" މީލްއެއް ނެރެފައިވީއިރު ވިޕް ޝޮޓްސް ކިޔާ ވިޕްޑް ކްރީމްއަކާއި ވޮޑްކާ ދަޅެއް ނެރެފައިވެ އެވެ. އަދި ޕެޕްސީ، ރީބޮކް، ރިއަލް ވިމެން ޑޯލް، ވޯލްމާޓް، ފޭސްބުކް، މެކް ކޮސްމެޓިކްސް އަދި ބީޓްސްއާ ޕާޓްނަޝިޕް ހަދާފައިވެ އެވެ.