ފިނިޕޭޖް

ބަޔަކަށް އެހީވުމަށް ކާލީ ޕިއާސްގެ ގިނަ ހެދުންތަކެއް ވިއްކާލައިފި

ކަންޓްރީ ލަވަކިއުންތެރިޔާ ކާލީ ޕިއާސް، 33، ޗެރިޓީއަކަށް ފައިސާ ހަދިޔާކުރުމަށް އޭނާގެ ބައެއް ހެދުންތައް ވިއްކައިފި އެވެ.

ނޭޝްވިލްގެ ހޮޓެލް ނޮއޭލްގައި ވަގުތީ ގޮތުން ހުޅުވި "ކާލީސް ކްލޮސެޓް" ޕޮޕް-އަޕް ޝޮޕް މެދުވެރިކޮށް ކާލީގެ ރެޑް ކާޕެޓް، ޓުއާ އަދި އެހެން ހެދުންތަކާއި ބޫޓު އަދި އެކްސެސަރީޒް ވިއްކާފައިވެ އެވެ.

"ކާލީސް ކްލޯސެޓް"ގެ އޮންލައިން ބައި ހޯސްޓްކުރި ސައިޓުން ދައްކާ ގޮތުގައި ހުރިހާ ތަކެތި މިހާރު ވަނީ ވިކިފަ އެވެ.

މި ތަކެތި ވިއްކައިގެން ލިބުނު ފައިސާ ހަދިޔާކުރަން ނިންމާފައިވަނީ އޭއެސްޕީސީއޭ އަށެވެ.

ވިއްކި ހެދުންތަކުގެ ތެރޭގައި ކާލީގެ ވަރަށް ފޭވަރިޓް ހެދުންތަކާއި ކޮސްޓިއުމް އެކުލެވިގެންވާ ކަމަށް ކާލީ ބުންޏެވެ. އަދި މިއީ ކާލީގެ ހެދުންތައް މިގޮތަށް ވިއްކި ދެވަނަ ފަހަރެވެ.

ސީއެމްއޭ ފެސްޓިވަލްގައި ކާލީ ޕާފޯމްކުރުމަށް ތައްޔާރުވަމުން އަންނައިރު ސްޓޭޕަލްޓަންއާ އެކު "ވީ ޑޯންޓް ފައިޓް އެނީމޯ" ސިންގަލް ވެސް މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.

ކާލީ ވަނީ ދެ އަހަރުގެ ގުޅުމަކަށްފަހު ރައިލީ ކިންއާ ވަކިވި ކަމަށްވެސް ދާދިފަހުން އިއުލާންކޮށްފަ އެވެ.

ކާލީ ބުނީ އެ ދެމީހުންގެ ގުޅުމުގެ ބޮޑުބައި ވަރަށް ހިނގައިމުކަމުގައިވީ ނަމަވެސް، އެ ދެމީހުންނަކީ އެކަކު އަނެކަކަށް އެންމެ އެކަށީގެންވާ މީހުން ނޫން ކަމަށެވެ.