މޯލްޑިވްސް މީޑިއާ ކައުންސިލް

އެމްއެމްސީގެ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން ގެންދާ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މިދިޔަ އަހަރު ގޮތަށް މިއަހަރުވެސް އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ 12 ދާއިރާ އަކުންނެވެ.

އެމްއެމްސީން ބުނާ ގޮތުގައި ނޫސްވެރިންނަށް އެވޯޑެއް ދިނުމުގެ ބޭނުމަކީ އެމީހުން ކުރާ ބުރަ މަސައްކަތް އަގުވަޒަންކޮށް ކުރިއަށް ދިއުމަށް ހިތްވަރު ދިނުމެވެ.

އެވޯޑް ދޭ ދާއިރާތައް

  • ދެމެހެއްޓެނިވި ތަރައްގީއާއި އިޖުތިމާއީ ދާއިރާ،
  • ވިޔަފާރިއާއި އިގްތިސާދީ ދާއިރާ
  • ސިޔާސީ ދާއިރާ
  • ޝަރުއީ އަދި ގާނޫނީ ދާއިރާ
  • ކުޅިވަރުގެ ދާއިރާ
  • ތަހުގީގީ ނޫސްވެރިކަން
  • ވީޑިއޯ ޖާނަލިޒަމް
  • ފޮޓޯ ޖާނަލިޒަމް
  • ގްރެފިކްސްއާއި އިލެސްޓްރޭޝަންސް
  • އުއްމީދީ ނޫސްވެރިޔާ
  • އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ
  • ފީޗަރ

އުއްމީދީ ނޫސްވެރިޔާއާއި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ފިޔަވާ އެހެން އެވޯޑްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއްގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންނަށް ފަރުދީގޮތުންނެވެ.

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.