ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިސްލާމިކް ފައިނޭންސިންއަށް ހުށަހަޅައިގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް އާ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ބީއެމްއެލް އިސްލާމިކް ފައިނޭންސިންގެ ކޮންމެ ޕްރޮޑަކްޓަކަށްވެސް އެދި ހުށަހަޅައި އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 3000 ރުފިޔާ ލިބޭނެ އެވެ. އަދި ގުރުއަތުން ހޮވޭ ގްރޭންޑް ވިނަރ އަށް 50،000 ރުފިޔާ މި ޕްރޮމޯޝަން ނިމުމުން ލިބޭނެ އެވެ.

މިއަދު ހެނދުނު 09:00 އިން މެންދުރުފަހު 2:00 އަށް ކަސްޓަމަރުންނަށް އޯޕަންޑޭގައި ބައިވެރިވެ ބީއެމްއެލް އިސްލާމިކް ބްރާންޗަށް ގޮސްގެން ބީއެމްއެލް އިސްލާމިކް ފައިނޭންސިން ޕްރޮޑަކްޓްގެ މައުލޫމާތު ސާފުކޮށް ހިދުމަތަށް އެދި ހުށަހެޅޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ކުރިއަށް އޮތް ޖުލައި 22 ވަނަ ދުވަހުގެ ނިޔަލަށެެވެ.