ރައީސް އަބްދުﷲ ޔާމީން

މި ފެބުރުއަރީ 7 އައީ ވެރިކަން ވައްޓާލުމުގެ ޖަރީމާއަކާއެކު: ރައީސް

Feb 7, 2016

މިއަދު ފެބުރުއަރީ 7 އާ ކުރިމަތިލީ ނުރައްކަލާއި ހިޔާނާތުގެ ތެރެއިން ސަރުކާރު ވައްޓާލުމުގެ ނުރައްކާތެރި ޖަރީމާއަކާއެކު ކަމަށް ސިފަ ކުރައްވާ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ ވާހަކަފުޅު ދައްކަވައިފި އެވެ. މިއަދު 7 ފެބްރުއަރީ އައީ ބޮޑު ނުރައްކަލާއެކުގައި ކަމަށާއި މާތް ﷲ ގެ ތަނަވަސް ރަހުމާތާއެކު އެކަން ހައްލުވެގެން ދިޔަ ނަމަވެސް އެއީ ބޮޑުވެގެން ޖަރީމާއެއް ކަމަށާއި ގާނޫނީ ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ވެރިރަށް މާލޭގައި "ރަސްފަންނު ބީޗް" ގެ ނަމުގައި ހުޅުވި އާޓިފިޝަލް ބީޗް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ފެބުރުއަރީ 7 ވަނަ ދުވަހަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި ދުވަހެއް ކަމަށާއި މިއަދު ފެބުރުއަރީ 7 ކުރިމަތިލީ ވެސް އެފަދަ ނުރައްކާތެރި ޖަރީމާއަކާއެކުގައި ކަމަށެވެ.

އެ މަނިކުފާނު އެގޮތަށް އިޝާރާތް ކުރެއްވެ އިރު ރޭ ދަންވަރު މާލެއިން ބަޔަކު ރާއްޖޭ ރަށަކަށް ގޮސް މެޖިސްޓްރޭޓް ކޯޓެއް ހުޅުވައި ފަނޑިޔާރަކާއެކު ސައްހަ ނޫން ކޯޓް އަމުރެއް ހަދައިގެން އެ މަނިކުފާނު ހައްޔަރު ކުރަން މަސައްކަތް ކުރި މައްސަލައެއް ފެންމަތިވެ ފުލުހުން ވަނީ އެކަމުގެ ތަހުގީގުތައް ފަށާފަ އެވެ.

އަދި ފެބުރުއަރީ 7 ގައި ވެރި ކަމުން އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތުގައި ހުންނަވައި ސިފައިންގެ އޮފިސަރަކަށް ގުޅުވައި ރައީސް ޔާމީން ހައްޔަރު ކުރަން ކޯޓް އަމުރެއް ނެރެފައިވާ ކަމަށާއި ރައީސް ޔާމީން ހައްޔަރު ކުރަން އުޅޭ ކަމް ވިދާޅުވެ ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

ރައީސް ޔާމީން މިރޭ ވިދާޅުވީ ރާއްޖޭގެ ވެރިރަށް މާލެއަކީ ސިޔާސީ މައިގަނޑު ވިންދު ހިންގާ ރަށް ކަމަށްވާއިރު މައިގަނޑު އިގްތިސޯދީ ފުދުންތެރިކަން ހިނގަމުންދަނީ ވެސް މާލޭގައި ކަމަށާއި ހަތަރު އަހަރު ކުރިން ފެބުރުއަރީ 7 ގައި ހިޔާލަށް އައި ނާމާން ކަމާއި ބިރުވެރިކަން އައީ އޭރު ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ފަރާތުން ގައުމު ހަމަ މަގަށް އެޅުވުމުގައި ނާގާބިލްވެވަޑައިގަތުމުން ކަމަށެވެ.

"މިއަދުވެސް މިއުޅެނީ އޭގެ ދިލަ ދުރަށް ދަތުރު ކުރިވަރުން ބައިނަލްއަގުވާމީ އެކި މުޖުތަމައުތަކާއި އެކި ފަރާތްތަކުން ރާއްޖެއާ ދޭތެރޭ އޮތް ޝައުގުވެރިކަމުގެ ތެރޭގައި. އެދުވަހަކީ ސިޔާސީ ތާރީހާއި ވިސްނުމާއި ގުޅުމަށް ބަދަލު ގެނައި ދުވަހެއް އެދުވަސް މާޒީވެ ދިޔަ ކަމަށް ހީކުރީ! އަދި މިއަދު އުފާ ކުރަނީ މާލޭގެ މަލަމައްޗަށް ބަދަލު އައިސް [ރަސްފަންނު ބީޗާއެކު] އަޅުގަނޑުމެން ނަފުސާނިއްޔަތަށް ބަދަލެއް އަންނާތީ! އެކަމަކު މި އަހަރު ގެ ފެބުރުއަރީ 7 ވެސް އައީ ނުރައްކަލާއި އެކި ހިޔާނާތުގެ އެކިއެކި ކަންތައްތަކުގެ ތެރެއިން އައި ނުރަލަކެއްގެ ތެރެއިން" ރައީސް ވިދާޅުވި އެވެ. "ﷲ ތަނަވަސް ރަހުމާތާއެކު އެކަންކަން ހައްލުވެގެން ދިޔައީ. ނަމަވެސް އެއީ ބޮޑުވެގެންވާ ޖަރީމާއެއް ގާނޫނީ ސަރުކާރެއް އެއްވެސް ގޮތަކަށް ވައްޓާލަން މަައްސައްކަތް ކުރުމަކީ ގާނޫނު ހުއްދާ ކުރާ ކަމެއް ނޫން. ގާނޫނު ހުއްދަ ކުރަނީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން ވޯޓް ދެނީ ކހިނެތޯ އާއި ތާއީދު އޮތީ ކިހިނެއްތޯ އައި އިންތިހާބެއް އައުމުން އަމާނާތް ހަވާލު ކުރާނީ ފަރާތަކާތޯ ބަލައި އެ ފުރުސަތު ރައްޔިތުންނަށް ދިނުން. ރައްޔިތުންނަކީ ހުރިހާ ކަމެއް މަގުމަތިން ނިންމާ ބައެއް ނޫން،"

ރައީސް ޔާމީން މިރޭ ވިދާޅުވީ ޑީމޮކްރަސީއަކީ ސިޔާސީ ވިސްނުމަށާއި ސިޔާސީ ކަންކަމަށް ޖާގަ ދޭ ކަމެއް ކަމަށާއި ނަމަވެސް ހުދޫދުތަކެއްގެ ތެރޭގައި ކަމަށެވެ. އެ އިންތައް ފަހަނަޅައި ދާމަކަށްވާނަމަ ލަންބާލުމަކީ އަމަން ގާއިމުކުރާ ބަޔަކު ގާނޫނީ ޒިންމާ އަދާ ކޮށް ގާނޫނު ތަންފީޒު ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން ކުރަނީ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށެވެ.

މިއަދުގެ ފެބުއަރީ 7 ބައްދަލު ކުރަނީ ކުރިން ފެބުރުއަރީ 7 ގައި ނަފުސާނިއްޔަތަށް ލިބުނު ޝޮކުން އަރައި ގަތުމަށް ކަމަށާއި މިރޭ ހުޅުވުނު ބީޗްގެ ސަބަބުން މާލޭގެ ކުޑަކުދިންނާއި އާންމުންނަށް ހަމަނޭވާއެއް ލެވި ހިތްހަމަ ޖެހުމާއި ފަސޭހަކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެންމެން ކޮފީ މޭޒުތަކުން ތެދުވެ ހިތްގައިމު ރަސްފަނު ބީޗަށް ސޮއްސައިލުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ރައްޔިތުންގެ ކަންކަން މައްޗަށް ގޮތް ކިޔާނީ ރާއްޖޭގެ ރއްޔިތުން ކަމަށާއި ރާއްޖޭގެ އެތެރޭގެ ކަންކަމުގައި ރާއްޖެއިން ހޯދާނީ ދިވެހި ހައްލު ކަމަށް ވިދާޅުވެ އެމަނުކުފާނުގެ ކޮންމެ ތަގުރީރެއްގައި ދައްކަވާ ވާހަކަފުޅު މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.