ބޮލީވުޑް

ނެހާ ކައްކަރް އާއި ފިރިމީހާ ރޯހަންޕްރީތު ވަކިވަނީ؟

ފާއިތުވީ ދެ ދުވަހު ހިންދީ ފިލްމު އިންޑަސްޓްރީގައި އެންމެ ބާރަށް ދެކެވުނު އެއް ވާހަކައަކީ ލަވަކިޔުންތެރިޔާ ނެހާ ކައްކަރް އޭނާގެ ފިރިމީހާ ރޯހަންޕްރީތު ކައިރިން ވަރިވާން އުޅޭ ވާހަކަ އެވެ.

މި ވާހަކަތަކެއް ދެކެވެން ފެށީ މިމަހުގެ ހަވަނަ ދުވަހު ފާހަގަކުރި ނެހާގެ 35 ވަނަ އުފަން ދުވަހުގެ އެއްވެސް ފޮޓޮއަކުން ރޯހަންޕްރީތު ނުފެނުމުންނެވެ.

ނެހާ ކޭކު ފަޅައި އުފަން ދުވަސް ފާހަގަކޮށްފައިވަނީ އޭނާގެ އާއިލާގެ މީހުންނާ އެކު ގައެވެ.

ރޯހަންޕްރީތުގެ އެއްވެސް ނިޝާނެއް މީގެން އެއްވެސް ފޮޓޮއަކުން ފެނިފައެއް ނުވެ އެވެ. އަދި ފަހުން ބައެއް އެކުވެރިންނާ އެކު ނެހާ އުފަން ދުވަސް ފާހަގަކުރި ފޮޓޯތަކުގައި ވެސް ރޯހަންޕްރީތެއް ނެތެވެ.

ނެހާގެ އުފަން ދުވަހު އޭނާއަށް ސޯޝަލް މީޑިއާގައި އުފަން ދުވަހުގެ ތަހުނިޔާ ވެސް ރޯހަންޕްރީތު ކިޔާފައެއް ނުވެ އެވެ. އެހެން މީހުންގެ ތަހުނިޔާގެ މެސެޖުތަކަށް ކޮމެންޓް ކޮށްފައެއްވެސް ނުވެ އެވެ. އެހެންވެ ނެހާގެ ފޭނުން ވަރަށް ހައިރާންވެ ނެހާގެ ޕޯސްޓްތަކުގައި މި ސުވާލު ވަރަށް ގިނައިން ކޮށްފައި ވެއެވެ. ނަމަވެސް މި ސުވާލުގެ ޖަވާބު އަދި ނެހާ އަށް ނުދެ އެވެ.

ނެހާ އާއި ރޯހަންޕްރީތު ކައވެނިކުރީ އޮކްޓޯބަރު 24، 2020 ގައެވެ. ނެހާ އަށް ވުރެ ރޯހަންޕްރީތު ހަ އަހަރު ހަަގެވެ.