ބޮލީވުޑް

ނެހާ އާއި އޭނާގެ ފިރިމީހާ އާ މައްސަލައެއް ނުޖެހޭ!

އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރް އާއި ފިރިމީހާ ރޯހަންޕްރީތު ވަކިވެއްޖެކަމަށް ދެކެވޭ ވާހަކަތަކަށް ނެހާ ވަރަށް ރަނގަޅު ރައްދެއް ދީފި އެވެ.

ނެހާ ރައްދު ދީފައިވަނީ ރޯހަން އާއެކު ނަގާފައިވާ ވަރަށް ރޮމެންޓިކް ސެލްފީ އަކުންނެވެ.

"ފިރިމީހާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށްފަހު އެނބުރި ރަށަށް،" ރޯހަން އާއެކު ނަގާފައިވާ ސެލްފީ އިންސްޓަގްރާމްގައި ޝެއާ ކުރަމުން ނެހާ ލިޔެފައި ވެއެވެ.

މި ފޮޓޯ ފެނުމުން ނެހާގެ ފޭނުން ވަރަށް އުފާ ކޮށްފައި ވެއެވެ. ނެހާ އާއި ފިރިމީހާގެ މެދުގައި މައްސަލައެއް ނެތްކަން ޔަގީން ވީމަ އެވެ.

ނެހާ އާއި ރޯހަންގެ މެދުގައި މައްސަލަ ޖެހިގެން އުޅޭކަމުގެ ވާހަކަތައް ފެތުރެން ފެށީ ނެހާގެ އުފަން ދުވަހުގެ އެއްވެސް ފޮޓޯއެއްގައި ރޯހަން ނެތީމަ އެވެ. އަދި އުފަން ދުވަހުގެ ތަހުނިޔާ ވެސް ސޯޝަލް މީޑީއާ މެދުވެރިކޮށް ރޯހަން ކިޔާފައި ނުވާތީ އެވެ.

ނެހާ އާއި ރޯހަންޕްރީތު ކައިވެނިކުރީ އޮކްޓޯބަރު 2020 ގައެވެ.