އޮބިޗުއަރީ

އަބްދުﷲ ޖަމީލް އަވަހާރަވެއްޖެ

ދައުލަތަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެއް ކަމުގައި އަބްދުﷲ ޖަމީލް މިއަދު އަވަހާރަވެއްޖެ އެވެ.

އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުން އަބްދުﷲ ޖަމީލް އަވަހާރަވީ މިއަދު ފަތިހު ވަގުތެއްގަ އެވެ.

އަބްދުﷲ ޖަމީލު ވަނީ ދައުލަތުގެ ވަރަށް އިސް މަގާމުތައް ފުރުއްވާފަ އެވެ. އެގޮތުން މޭ 27، 1991 އިން ނޮވެމްބަރު 10، 1993 އާ ހަމައަށް ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރައްވާފައިވެ އެވެ. އަދި ހެލްތު މިނިސްޓަރު ކަންވެސް ކުރައްވާފައިވެ އެވެ.

އަބްދުﷲ ޖަމީލުގެ ބޭފުޅުންގެ ތެރެއިން މައުރޫފް ޖަމީލް ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ކަން ކުރައްވާފަ އެވެ.

އަބްދުﷲ ޖަމީލްގެ ބޭބެ -- ފަތުހުﷲ ޖަމީލް ވަނީ ކުރިން ފޮރިން މިނިސްޓަރުކަންވެސް ކުރައްވާފައިވެ އެވެ.