މިނިސްޓްރީ އޮފް ހެލްތު

ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރަން 56 މިލިއަން ރުފިޔާގެ ސާމާނު ހަވާލުކޮށްފި

ރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ހިންގާ 56 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް ސާމާނު ހަވާލުކޮށްފި އެވެ.

ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ އިފުތިތާހުކޮށް ދެއްވީ މިއަދު މީރުމާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

ރަސްމިއްޔާތުގައި ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލާއި 15 އަތޮޅު ހޮސްޕިޓަލާއި 163 ސިއްހީ މަރުކަޒަށް އައިޓީ އިކުއިޕްމަންޓް ހަވާލުކޮށްފައިވެ އެވެ.

މިއަދު ހަވާލުކުރެވުނު ތަކެތީގެ ތެރޭގައި

  • 608 ކޮމްޕިއުޓާ ސިސްޓަމް
  • 44 ލެޕްޓޮޕް
  • 500 ޓެބްލެޓް
  • 14 ވިޑިއޯ ކޮންފަރެންސް ސިސްޓަމް
  • 551 ޕްރިންޓަރު

ހެލްތު މިނިސްޓްރީން ބުނީ މިއަދު ހަވާލުކުރެވުނު މި އިކުއިޕްމަންޓްތަކުގެ ސަބަބުން ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް އައިޓީ ސާމާނު ލިބުން ދަތިވާ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށާއި ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް އެއް ސިސްޓަމުން ގުޅާލުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.