ބޮލީވުޑް

ބާންސާލީ އަކީ ސެޓުގައި ހަޅޭއްލަވާ އެއްޗެތި އުކާ މީހެއް: ސަލްމާން

ސަލްމާން (ކ) އަދި ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ
0%
0%
0%

އެކްޓަރު ސަލްމާން ޚާނާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ ގުޅިގެން "ޚާމޯޝީ" އާއި "ހަމް ދިލް ދޭ ޗުކޭ ސަނަމް" ފަދަ ރީތި މޮޅު ފިލްމުތައް އުފައްދާފައި ވެއެވެ. އޭގެ ފަހުން ވެސް ސަލްމާނާއެކު ފިލްމު އުފައްދަން ބާންސާލީ ބޭނުންވެގެން ވަރަށް ގިނަ ފިލްމުތައް ހުށަހަޅާފައި ވެއެވެ. ނަމަވެސް ކޮންމެވެސް މައްސަލަގަނޑެއް ދިމާވެގެން ފަހުން ބާންސާލީ ހުށަހެޅި އެއްވެސް ފިލްމެއް ސަލްމާން ނުކުޅެ އެވެ.

ސަލްމާނުގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި ބާންސާލީ އަކީ ވަރަށް ރުޅިގަދަ މީހެކެވެ. އަދި އޭނާގެ ފިލްމުތަކުގެ ސެޓުގައި އުޅޭއިރު ވަރަށް ބާރަށް މީހުންނާ ދިމާލަށް ހަޅޭއްލަވާ އެއްޗެތި އުކާވެސް ބާންސާލީ ހަދަ އެވެ. އަދި އެއް ފަހަރު އެކަމާ ހިތްހަމަނުޖެހިގެން ބާންސާލީ އަށް ރަނގަޅު މަޝްވަރާއެއް ދިން ކަމަށް ސަލްމާން ބުންޏެވެ. އެއީ "މައިނޭ ޕިޔާރް ކިޔާ" އާއި "ހަމް އާޕް ކެ ހޭ ކޯން" އަދި "ވިވާ"ފަދަ ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ ސޫރަޖް ބަރްޖަތިޔާއާ އެކު ވަގުތު ހޭދަކުރުމަށް ދިން މަޝްވަރާ އެކެވެ.

ސޫރަޖް އަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. އޭނާގެ ސެޓުގައި އެންމެންނާ ވެސް ވަރަށް މަޑުމަޑުން އެހާ ލޯބިން ވާހަކަ ދައްކާ ކަމަށް ސޫރަޖްއާ އެކު މަސައްކަތްކުރާ އެކްޓަރުން އަބަދުވެސް ބުނެ އެވެ.

"ބާންސާލީ އަބަދު ހަޅޭއްލަވާނީ. އަހަރެން ބުނިން ސޫރަޖް އާއެކު ގޮސް ކުޑަކޮށް ވަގުތު ހޭދަކޮށް ބަލާށޭ. ހަޅޭއްލެވުން އެކަންޏެއް ނޫން. އެއްޗެތިވެސް އުކާނެ އެވަރަށް. އަހަރެން ބުނިން ކަލޭގެ ފިލްމުތަކުގައި މަސައްކަތްކުރާ އެކްޓަރުން އެ ފިލްމުތަކުގައި ރީތިކޮށް ފެންނާނީ ފުރަތަމަ ކަލޭ ކެތްތެރިވާން ދަސްކޮށްގެންނޭ. ތާޖް މަހައްލު އަކީ ވެސް ވަރަށް ލޯބިން ބިނާކޮށްފައި ހުރި ތަނެކޭ. ރީތި އެއްޗެތި އުފެއްދޭނީ ކެތްތެރިކަމާއެކު ލޯބިން މަސައްކަތް ކޮށްގެންނޭ،" ބާންސާލީ ރުޅިގަދަ ވާހަކަ ކިޔައިދެމުން ސަލްމާން ބުނެފައި ވެއެވެ.

ބާންސާލީ އެންމެ ފަހުން ހުށަހެޅި "އިންޝާﷲ" ވެސް ސަލްމާން ވަނީ އެންމެ ފަހު ވަގުތު ނުކުޅެ ދޫކޮށްލާފަ އެވެ. އާލިއާ ބަޓް އާއެކު އޭނާ ކުޅެން އޮތް މި ފިލްމު ނުކުޅެން ސަލްމާން ނިންމީ ޝޫޓިން ފަށަން ތައްޔާރުވެފައި އޮއްވަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345