ބަލްގޭރިޔާގެ ޑިފެންޑަރު ޖިވްކޯ ޓޮޑަރޯފް މާޒިޔާ އަށް އަދި ނިއުރޭޑިއަންޓްގެ ބަލްގޭރިޔާ އާއި ނައިޖީރިއާގެ ދެ ޑިފެންޑަރުން މާލެ އައިސް ފަރިތަކުރަން ފަށައިފި އެވެ.
މީގެ ތެރެއިން ނިއު އަށް ގެނައި ބަލްގޭރިޔާގ ޑިފެންޑަރު ވެލިޗްކޯ ވެލިޗޯފް އާއި ނައިޖީރިއާ ޑިފެންޑަރު މައިކް އަކީ މޮޅު ދެ ކުޅުންތެރިން ކަމަށް ނިއުގެ ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ވަނީ ބުނެފަ އެވެ. އަދި އެ ޓީމަށް ގެނައި ގާނާގެ ކީޕަރު އަބޫ ސުލައިމާނަކީ ވެސް މީގެ ކުރިން އޭނާ އަށް ކުޅުން އެނގޭ މޮޅު ކީޕަރެއް ކަމަށް ވެސް ކޯޗު ބުނެ އެވެ.
މާޒިޔާ އަށް ގެނައި ޖިވްކޯ އަކީ 2013 ވަނަ އަހަރު އެންމެ ފުރަތަމަ ވެލެންސިއާ އަށް ގެނައި ކުޅުންތެރިއެކެވެ. އެ އަހަރުގެ ސީޒަނުގެ މެދުތެރެއިން މާޒިޔާ އަށް ބަދަލުވި ގޮތަށް އޭނާ މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ފުރައިގެން ދާން ޖެހުނީ ފައި ބިންދައިގެން ދިއުމުންނެވެ. ނަމަވެސް އެނބުރި އައިސް މިހާރު އަންނަނީ މަޑުމަޑުން ފިޓްވަމުންނެވެ.
ނިއު އާއި މާޒިޔާ އަކީ މި އަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖޭން ވާދަކުރާ ދެ ޓީމެވެ. މާޒިޔާގައި ވަރުގަދަ ސްކޮޑެއް އޮތްއިރު ނިއުގައި އޮތީ މިދިޔަ ހަތަރު އަހަރާ ހިލާފަށް އާދައިގެ ޓީމެކެވެ.