ހަބަރު

ސީމެގުގެ ވަފުދު ފުރައިފި

ސީމެގްގެ ވަފުދަށް ފޮރިން މިނިސްޓަރު ދުންޔާ އެއާޕޯޓުން އަލްވަދާއު ދަންނަވަނީ - ފޮޓޯ: ފޮރިން މިނިސްޓްރީ
0%
0%
0%

މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ވަފުދު ފުރައިފި އެވެ. އެ ވަފުދު ރާއްޖެ އައީ ދެ ދުވަހުގެ ދަތުރެއްގަ އެވެ.

ސީމެގްގެ ވަފުދަށް އެއާޕޯޓުން އަލްވަދާއު ދެންނެވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. ރާއްޖެ ވަޑައިގެންނެވި ސީމެގްގެ ވަފުދުގައި ހިމެނެނީ، ސީމެގްގެ ވައިސް ޗެއާ ކާލް ގްރީނިޖް، ވައިސް ޕްރެޒިޑެންޓް އެންޑް މިނިސްޓ އޮފް ފޮރިން އެފެއާޒް އޮފް ގުޔާނާ އާއި ކެބިނެޓް ސެކެޓްރީ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ޓްރޭޑް އޮފް ކެންޔާ ޑރ. އާމިނާ މުހައްމަދާއި ފޮރިން ސެކެޓްރީ އޮފް އިންޑިއާ ޖައޭޝަންކަރެވެ.

މި ވަފުދުގެ ބޭފުޅުން އިއްޔެ ހެނދުނު ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާ ބައްދަލުކުރައްވާފައިވެ އެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ. އިއްޔެގެ މެންދުރުފަހު ވަފުދުގެ ބޭފުޅުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާ ވެސް ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމުގެ ތަފްސީލެއް ވެސް ދެއްވާފަ އެއް ނުވެ އެވެ.

ސީމެގް އިން ރާއްޖެއަށް ދަތުރެއް ކުރީ ސަރުކާރުގެ ދައުވަތަކަށެވެ. އެ ވަފުދުން ރާއްޖޭގެ ހާލަތު މޮނީޓާކޮށް ކޮމަންވެލްތަށް ރިޕޯޓެއް ހުށަހަޅާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910