ރަށު ކައުންސިލާއި ސިޓީ ކައުންސިލްގެ ހުއްދަ ލިބިގެން ރަށުގެ ފަޅުގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ކުރެވޭ ގޮތަށް ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު އިސްލާހުކޮށްފި އެވެ.
ކައުންސިލްގެ ހުއްދަ ހޯދައިގެން ރަށުގެ ފަޅުގެ ސަރަހައްދުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ރަށު ފެންވަރުގައި ސަގާފީ ގޮތުން ކުރާ މަސްވެރިކަމުގައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރެވޭ ގޮތަށް މަސްވެރިކަމުގެ އާންމު ގަވާއިދަށް ފިޝަރީޒް މިނިސްޓްރީން ގެނައި އިސްލާހުތަކަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެއިން ފެށިގެންނެވެ.
ކައުންސިލްގެ ހުއްދަ ލިބިގެން ރަށުގެ ފަޅުގައި ދާ އެޅި ނަމަވެސް އެކަން ކުރެވޭނީ ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ތައާރަޒުނުވާ ގޮތަށެވެ.
އެ ހުއްދައިގެން ދަށުން ރަށްރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދާ އަޅައިގެން މަސްވެރިކަން ކުރުން ވަނީ މަނާކޮށްފަ އެވެ.
ގަވާއިދަށް ގެނައި އިސްލާހާއެކު ރޮދުލުމާއި މަސްވެރިކަމުގައި ކަނޑުމަހުގެ ބާވަތެއް ނުވަތަ ހިބަރުގެ ބާވަތެއް ހޯދުމަށް ނުވަތަ ހިފުމަސް ޑްރޯން ނުވަތަ ވައިގެ އުޅަނދެއް ބޭނުންކުރުމަކީ މަނާ ކަމެކެވެ.
ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރެވޭނީ ގައުމީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިގެން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.