މިއަދު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ އަށް ގޮނޑީގެ ތެރެއިން ފަސް ގޮނޑި އިދިކޮޅު ޕީޕީއެމް އިން ކާމިޔާބުކޮށްފި އެވެ.
މިއަދު ކުރިއަށް ގެންދިޔަ އަށް ގޮނޑިއަށް ޕީޕީއެމް ވާދަކުރިއިރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ -- އެމްޑީޕީން ވާދަކުރީ ހަ ގޮނޑިއަށެވެ. އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ ދެ ގޮނޑި އެވެ. އެއް ގޮނޑި ކާމިޔާބު ކުރީ އަމިއްލަ ކެންޑިޑޭޓެކެވެ.
ބައި އިލެކްޝަންތަކުގެ ނަތީޖާ:
ހދ. ފިނޭ
ޒުހުދާ މުހައްމަދު / ޕީޕީއެމް - 147 ވޯޓު
މުއުމިނާ އިބްރާހިމް / އެމްޑީޕީ - 133 ވޯޓު
ރ. އަނގޮޅިތީމު
އާސިމާ ރަޝީދު / އަމިއްލަގޮތުން - 95 ވޯޓު
ހަދީޖާ ހުސައިން މަނިކު / ޕީޕީއެމް - 82 ވޯޓު
ކ. ދިއްފުށި
އައިޝަތު ސާހިރާ / ޕީޕީއެމް - 181 ވޯޓު
ފާތިމަތު އަރުޝީ / އަމިއްލަގޮތުން - 174 ވޯޓު
އއ. ފެރިދޫ
ސާނާ އަހުމަދު / އެމްޑީޕީ - 244 ވޯޓު
ވަސީމާ މުހައްމަދު / ޕީޕީއެމް - 205 ވޯޓު
މ. ވޭވަށް
ޝިފާޒާ އިބްރާހިމް / ޕީޕީއެމް - 113 ވޯޓު
ދުންޔާ ޚާލިދު / އެމްޑީޕީ - 101 ވޯޓު
ތ. ގާދިއްފުށި
މަރިޔަމް ހަސަން / އެމްޑީޕީ - 234 ވޯޓު
ނިހާމާ އަބްދުﷲ / ޕީޕީއެމް - 158 ވޯޓު
ލ. މާމެންދޫ
ސައުދިއްޔާ ޙުސެއިން / ޕީޕީއެމް - 224 ވޯޓު
ނާޒިމާ އަބްދުއްސަމަދު / އެމްޑީޕީ - 202 ވޯޓު
ގދ. ހޯނޑެއްދޫ
ނަޒުރާނާ ހުސެއިން މަނިކު / ޕީޕީއެމް - 204 ވޯޓު
ލިޒުނާ ނަސީރު / އެމްޑީޕީ - 86 ވޯޓު
މައިމޫނަތު ޝަރީފް / އަމިއްލަގޮތުން - 76 ވޯޓު
ލާމަރުކަޒީ ގާނޫނު ކުރިން އޮތްގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއެއްގެ މެމްބަރަކު އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވާ މީހަކު ހޮވަންޖެހެ އެވެ. އެކަމަކު މިހާރު މިފަދަ ބައި-އިލެކްޝަންތައް ބާއްވަންޖެހެނީ އަހަރަކު އެއް ފަހަރު އެވެ.