ފިނިޕޭޖް

ކޯޓްނީ ކާޑޭޝިއަންއަށް ދަރިއަކު ލިބެނީ

ދިގު އިންތިޒާރަކަށްފަހު ކޯޓްނީ ކާޑޭޝިއަންއަށް ދަރިއަކު ލިބެނީ އެވެ.

އައިވީއެފް ހަދައިގެން މާބަނޑުވުމަށް ގިނަ ދުވަސްތަކަކު މަސައްކަތްކުރުމަށްފަހު، ކޯޓްނީ، 44، މާބަނޑުވީ ހަބަރު އޭނާގެ ފިރިމީހާ ބްލިންކް-182ގެ ޓްރޭވިސް ބާކާ، 47، އާ ހިއްސާކުރީ ލޮސް އެންޖަލަސްގައި ކުރިއަށްދިޔަ ޓްރޭވިސްގެ ކޮންސެޓެއްގައި ޕާފޯމްކުރަނިކޮށް ނެގި ސައިންއަކުންނެވެ.

މި ދެމަފިރިން ވަނީ ކޯޓްނީ ސައިން ދެއްކި ވީޑިއޯ ދެމަފިރިންގެ އިންސްތަގްރާމްގައި ހިއްސާކޮށްފަ އެވެ.

އައިވީއެފްގެ ޓްރީޓްމަންޓާއި ބޭސްތަކުން ކޯޓްނީއަށް ކުރިމަތިވާ އުނދަގޫތަކާ ގުޅިގެން އައިވީއެފް ހަދައިގެން ދަރިއަކު ހޯދުމުގެ މަސައްކަތް ހުއްޓާލައިފި ކަމަށާއި ގުދުރަތަށް އެކަން ދޫކޮށްލާފައިވާ ކަމަށްވެސް ކޯޓުނީ މިދިޔަ މަހު ބުނެފައިވެ އެވެ.

މިއީ ކޯޓްނީ އާއި ޓްރޭވިސްގެ ފުރަތަމަ ކުއްޖާ އެވެ. ނަމަވެސް، ކޯޓްނީއަށް ކުރީގެ ލޯބިވެރިޔާއާ އެކު 13 އަހަރުގެ މޭސަން، 10 އަހަރުގެ ޕެނޯލަޕީ އަދި އަށް އަހަރުގެ ރެއިން ލިބިފައިވެ އެވެ.

ޓްރޭވިސްއަށް އޭނާގެ ކުރީގެ އަނބިމީހާއަށް 19 އަހަރުގެ ލެންޑަން އަދި 17 އަހަރުގެ އަލަބާމާ ލިބިފައިވެ އެވެ. އެހެން ކަމުން މިއީ މި ބޮޑު އާއިލާގެ ހަތްވަނަ ކުއްޖާއަށް ވާނެ އެވެ.

ކޯޓްނީ އާއި ޓްރޭވިސް 2021 ގައި ލޯބީގެ ގޮތުން ގުޅި، ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރު އެވެ.