އައްޑޫ ސިޓީ ކައުންސިލް

އައްޑޫއަށް 300 ކަދުރު ރުއް ހޯދަނީ

އައްޑޫ ސިޓީގައި އިންދުމަށް 300 ކަދުރު ރުއް ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ.

ބީލަންތައް ބަލައިގަތުމާއި އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު އައްޑޫ ސިޓީ ކައުންސިލް އިދާރާ ގައެވެ.

ބީލަމުގައި ބައިވެރިވުމަށް 300 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ. އަދި މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 16500.00 ރުފިޔާ ހުށަހަޅަންޖެހެ އެވެ. ބިޑް ސެކިއުރިޓީ މުއްދަތަކީ 90 ދުވަހެވެ.

އައްޑޫ ސިޓީ ކައުންސިލުން ކަދުރު ރުއް ހޯދަމުންދާއިރު މާލޭގެ ދެކުނު ފަރާތުގައި މިހާރު ވަނީ ކަދުރު ރުއްތަކެއް އިންދާފަ އެވެ.