ފިނިޕޭޖް

މާކް އެންތަނީގެ އަންހެނުން ނާޑިއާ ވިހައިފި

ލެޓިން ލަވަކިޔުންތެރިޔާ އަދި އެކްޓަރު -- އުމުރުން 54 އަހަަރުގެ މާކް އެންތަނީގެ އަންހެނުން ނާޑިއާ ފެރޭރާ، 24، ވިހައިފި އެވެ.

މިދެމަފިރިންނަށް ދަރިއަކު ލިބުނުކަމުގެ ހަބަރު ހިއްސާކޮށްފައިވަނީ އިންސްތަގްރާމް ޕޯސްޓަކުންނެވެ.

ބައްޕައިންގެ ދުވަހާ ގުޅުވާފައި އުފަންވި މި ބޭބީގެ ޖިންސާއި އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިއީ ނާޑިއާގެ ފުރަތަމަ އަދި މާކްގެ ހަތްވަނަ ދަރިފުޅެވެ.

ނާޑިއާ މާބަނޑުކަމުގެ ހަބަރުވެސް ހިއްސާކުރީ އިންސްތަގްރާމް ޕޯސްޓަކުންނެވެ.

މިދިޔަ މަހު ނާޑިއާ ވަނީ އާއިލާ އާއި ގާތްމީހުންނާއެކު ބޭއްވި ބޭބީ ޝަވާގެ ފޮޓޯވެސް ހިއްސާކޮށްފަ އެވެ.

ނާޑިއާ އަކީ 2021 ވަނަ އަހަރުގެ މިސް ޔުނިވާސް ރަނަރަޕް އަދި މޮޑެލް އެކެވެ.

މި ދެމަފިރިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލޯބީގެ ގޮތުން ގުޅި ކައިވެނިކުރީ މިދިޔަ ޖެނުއަރީ މަހުގައެވެ. މިއީ ނާޑިއާގެ ފުރަތަމަ ކައިވެންޏެވެ. އަދި މާކްގެ ހަތަރުވަނަ ކައިވެންޏެވެ.

މާކް ފުރަތަމަ ކައިވެނިކުރީ ކުރީގެ މިސް ޔުނިވާސް ޑަޔާނާ ޓޮރެސްއާ އެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބުނެވެ. އޭގެފަހުން ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒްއާ ކައިވެނި ކޮށް، އެއްމާބަނޑު ދެ ކުދިން ލިބުނެވެ. އަދި ތިންވަނަ ކައިވެނިކުރީ މޮޑެލް ޝެނަން ޑި ލީމާއާ އެވެ. މާކްގެ ކުރީގެ ލޯބިވެރިޔާ އަށް ލިބުނު ދަރިއަކާއި އެޑޮޕްޓް ކުރި ދަރި އަދި ފުރަތަމަ ދެ ކައިވެންޏަށް ލިބުނު ހަތަރު ކުދިން ހިމަނައިގެން މުޅިއަކު ހަތް ދަރިން މިހާރު އެބަތިއްބެވެ.