ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ކޯޑިން އަދި އިންޖިނިއަރިން ޕްރޮގްރާމް ނިންމާލައިފި

Jun 20, 2023

އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކުރި ކޯޑިން އަދި އިންޖިނިއަރިން ޕްރޮގްރާމް ނިންމާލައިފި އެވެ.

އުމުރުން 12 އަހަރާއި 14 އަހަރުގެ އުމުރުފުރާގެ އަންހެން ކުދީންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމް، ޖުމްލަ 24 ކުދިން ވަނީ ފުރިހަމަކޮށްފަ އެވެ.

ފޯލޫޕް ކޯޑިން އެކަޑަމީ އިން ހިންގި މި ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުން، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި، ބްލޫޓޫތް ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންކަން ވަނީ ކުދިންނަށް ދަސްކޮށްދީފަ އެވެ.