ބޭންކް އޮފް މޯލްޑިވްސް

އޭޓީއެމްއަށް ގެއްލުންވި ނަމަވެސް ފައިސާއެއް ނުގެއްލޭ: ބީއެމްއެލް

Jun 24, 2023

އައިޖީއެމްއެޗް ކައިރީގައި ހުރި ބޭންކް އޮފް މޯލްޑިވްސް -- ބީއެމްއެލްގެ އޭޓީއެމްއަށް ގެއްލުންވި ނަމަވެސް އެއްވެސް ފައިސާއެއް ނުގެއްލޭ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން އައިޖީއެމްއެޗްގައި ބަހައްޓާފައިވާ އޭޓީއެމް ސެންޓަރެއްގައި ހުރި އޭޓީއެމްތަކުގެ ތެރެއިން އެއް އޭޓީއެމްއަށް ގެއްލުންވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ރޭ ފަތިހު އެވެ.

"މި ހާދިސާގައި ބީއެމްއެލްގެ އޭޓީއެމް އަށް ގެއްލުންވެފައިވީ ނަމަވެސް އެއްވެސް ފައިސާއެއް ގެއްލިފައި ނުވަތަ ވަގަށް ނަގާފައެއް ނުވޭ،" ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ބީއެމްއެލް އިން ބުނީ އޭޓީއެމްގެ ސެކިއުރިޓީ 24 ގަޑިއިރު ބޭންކުން ބަލަމުންދާ ކަމަށާއި އޭޓީއެމްގެ ހިދުމަތަކީ ރައްކާތެރި އަދި ރައްޔިތުންގެ ފަސޭހައަށް ގާއިމްކޮށްފައިވާ ހިދުމަތެއް ކަމަށެވެ.

ހާދިސާގައި އޭޓީއެމްއަށް ގެއްލުންވެފައިވަނީ ވަރަށްވެސް ކުޑަކޮށް ކަމަށާއި އެ ގެއްލުމަކީ ކަސްޓަމަރަކު ގަސްތުގައި އޭޓީއެމްއަށް ގެއްލުމެއް ދިނުމަށް ކޮށްފައިވާ ކަމެއް ނޫން ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ބީއެމްއެލް އިން ބުނީ ހާދިސާއާ ގުޅިގެން އޭޓީއެމްގެ ހިދުމަތް މެދުނުކެނޑޭ ކަމަށެވެ.