މީރާ

ޑޮލަރު އާމްދަނީ 439 މިލިއަނަށް

ދައުލަތަށް މިއަހަރުގެ މޭ މަހުގެ ނިޔަލަށް ލިބުނު ޑޮލަރު އާމްދަނީ 439.3 މިލިއަން ޑޮލަރަށް އަރައިފި އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ -- މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 16 ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 378.4 މިލިއަން ޑޮލަރެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މާޗް މަހުން ފެށިގެން ޑޮލަރު އާމްދަނީ ވަނީ މަހުން މަހަށް ދަށަށް ގޮސްފަ އެވެ.

ޑޮލަރު އާމްދަނީ މަހުން މަހަށް

  • ޖެނުއަރީ - 112.8 މިލިއަން ޑޮލަރު
  • ފެބްރުއަރީ - 73.6 މިލިއަން ޑޮލަރު
  • މާޗް - 100.9 މިލިއަން ޑޮލަރު
  • އެޕްރީލް - 77.35 މިލިއަން ޑޮލަރު
  • މޭ - 72.7 މިލިއަން ޑޮލަރު

ޑޮލަރު އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ މޭ މަހު 55.5 މިލިއަން ޑޮލަރު ލިބުނުއިރު އެ އަހަރުގެ އެޕްރީލް މަހު ލިބުނީ 73.3 މިލިއަން ޑޮލަރެވެ.

ޑޮލަރު އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ޓީޖީއެސްޓީ ނަގާ ރޭޓަށް މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގެނައި ބަދަލު ހިމެނެ އެވެ.