އޮމޮން

އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އޮމާންގެ ގައުމީ އެއާލައިން އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.

އޮމާންގެ ވެރިރަށް މަސްކަޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތައް ފަށާފައިވަނީ އިއްޔެ އެވެ.

މި ދަތުރުތައް ހަފުތާއަކު ހަތަރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އޮމާން އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކުގައި ޓިކެޓު އަގަކީ 385 އެމެރިކާ ޑޮލަރެވެ.

އޮމާން އެއާ އިން 2019 ވަނަ އަހަރުވެސް އަދި 2016 ވަނަ އަހަރުވެސް އަދި ފަހުން 2018 ވަނަ އަހަރުވެސް ދަތުރުތަކެއް ކޮށްފައިވެ އެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ގުޅިގެން މިދަތުރުތައް ދެމެހެއްޓެނިވި ގޮތަކަށް ކޮށްފައެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާ މައުލޫމާތަށް ބަލާއިރު ބައިނަލްއަގުވާމީ 36 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ކުރެ އެވެ.