އެމްޑީޕީ

ޖާބިރު އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

ޖާބިރު އެމްޑީޕީއަށް އަލުން ސޮއިކުރެއްވީ ސޯލްޓް ކެފޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ޕާޓީއަށް ސޮއިކުރައްވާ ޖާބިރު ވަނީ ފޯމު ރައީސް ސޯލިހްއާ ހަވާލުކުރައްވާފަ އެވެ.

ޖާބިރު އެމްޑީޕީއަށް އަލުން ސޮއިކުރެއްވުމަށް ސޯލްޓް ކެފޭއަށް ވަޑައިގެންނެވީ ސަގާފީ ހަރަކާތްތަކަކާއެކު އެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ޖާބިރު އެމްޑީޕީއަށް ގުޅިވަޑައިގަތުމަކީ ޕާޓީއަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

އެމްޑީޕީއާ ގުޅިވަޑައިގެން ޖާބިރު ވިދާޅުވީ އޭނާ އެމްޑީޕީގައި ހުރުމަށް ނޭދުނު މީހުން މިހާރު އެ ޕާޓީގައި ނެތް ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބު ކޮށްދޭން ބޭނުންވާ ކަމަށާއި އެކަމަށް މަސައްކަތްކުރާނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.