މޫސުން

30 މީހުންނާ އެކު ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި

Jun 25, 2023
1

ނ. ވެލިދޫއަށް 30 މީހުންނާ އެކު ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މާލެ އިން ފުރައިގެން ވެލިދޫއަށް ދަތުރުކުރަމުންދިޔަ "ލީޖަން 7" ނަމަކަށް ކިޔާ ލޯންޗަށް ރާޅެއް އަރައި އަޑިއަށް ދިއުމުގެ ސަބަބުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން މިހާރު ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ލޯންޗަށް ރާޅު އަރާފައިވަނީ ނ. ރަންދެލި ރިސޯޓު ކައިރިން ކަމުގައިވުމާއެކު ލޯންޗު ވަނީ އެވަގުތު ރަންދެލި ރިސޯޓުގެ ފަޅަށް ވަދެފަ އެވެ. އަދި ލޯންޗު އަޑިއަށް ގޮސްފައިވަނީ ލޯންޗުގައި ތިބި މީހުން ރަންދެލި ރިސޯޓަށް ފޭބިފަހުން ކަމަށްވެސް ސިފައިންގެއިން މައުލޫމާތު ދީފައިވެ އެވެ.

ރާއްޖެއަށް މިދުވަސްވަރަކީ މޫސުން ވަރަށް ބޮޑަށް ގޯސް ދުވަސްވަރަކަށް މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.