އެމްއެންޑީއެފް

ގެއްލިގެން ހޯދަމުންދިޔަ ބޯޓުގައި ތިބި މީހުންނާ ގުޅިއްޖެ

ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަނިކޮށް ގެއްލުނު މުދާ އުފުލާ ބޯޓު -- "އޭއޭއޭ-37" ގެއްލިގެން ހޯދަމުން ދަނިކޮށް އެ ދޯންޏާ ގުޅިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މި ބޯޓާއި އޭގައި ތިބި ދެ ދިވެއްސަކާއި ތިން ބިދޭސީން ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ހަވީރު 3:15 ހާއިރު އެވެ.

ބޯޓުގެ ހަބަރެއް ވެފައި މިވަނީ ބޯޓު ހޯދުމަށް 10،000 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައި ވަނިކޮށެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ބޯޓުގެ ހަބަރެއް ވެފައިވާތީ ކޯސްޓްގާޑް ޝަހީދު އަލީ، އެ އުޅަނދު ކައިރިއަށް ދަތުރުކުރަމުންދާ ކަމަށެވެ.

ބޯޓުގައި ތިބި މީހުންގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިދުވަސްވަރު މޫސު