އެކްސިޑެންޓް

އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް

Jun 29, 2023

ލައިސަންސް ނެތި ބާރަށް ދުއްވި ސައިކަލުން ޖެހި އަނިޔާވި މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އަންގާރަ ދުވަހުގެ ފަތިހު ހިނގި އެކްސިޑެންޓުގައި އަނިޔާވީ އެމްއެންޔޫގެ ޗެކްޗަރާއެއް ކަމަށްވާ އަލީ ހާފިޒަށެވެ.

ހާފިޒަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ރަނގަޅު ނުވާ ކަމަށް އޭނާގެ ގާތް މީހަކު ބުންޏެވެ.

ބާރު ސްޕީޑްގައި ދުއްވި ސައިކަލުން ހާފިޒު ގައިގައި ޖެހުނީ މަޖީދީމަގު ރެޑްވޭވް ކައިރިންނެވެ.

ފުލުހުން ބުނި ގޮތުގައި މިހާދިސާގައި ސައިކަލު ދުއްވަން އިނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ކުރިން ބުނެފައިވާއިރު މައްސަލައިގައި މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.