ހަބަރު

ދެ ސައިކަލް ޖެހި އެކްސިޑެންޓެއްވެ މީހަކަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު 13:41 ހާއިރު ހެންވޭރު ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑް ކައިރީން ދެ ސައިކަލްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި އެއް ސައިކަލްގައި އިން މީހަކަށް އަނިޔާވެގެން އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށާއި އަނެއް ސައިކަލްގައި އިން މީހާ އެކްސިޑެންޓްވުމުން އެތަނުން ފިލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން މިއެކްސިޑެންޓާއި ގުޅިގެން އެިތުރު މައުލޫމާތެއް އަދި ހިއްސާ ކޮށްފއިނުވާއިރު ފުލުހުން ބުނީ މި މައްސަލަ ތަހްގީގު ކުރމުންދާ ކަމަށެވެ.