ފިނިޕޭޖް

ޖޯން އާއި ކްރިސީއަށް ހަތަރުވަނަ ދަރިއަކު ލިބިއްޖެ

ލަވަ ކިޔުންތެރިޔާ ޖޯން ލެޖެންޑާއި އަންހެނުން އަދި މޮޑެލް ކްރިސީ ޓީގަން އަށް ހަތަރުވަނަ ދަރިއަކު ލިބިއްޖެ އެވެ.

ޖޯން އާއި ކްރިސީގެ ހަތަރުވަނަ ދަރިފުޅު -- ރެން އެލެކްޒެންޑާ ސްޓީވަންސް ލިބުނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. މިއީ ސަރޮގޭޓް ކޮށްގެން ހޯދި ކުއްޖެކެވެ.

މީގެ ފަސް މަސް ކުރިން ކްރިސީއާއި ޖޯންއަށް ވަނީ މި ދެމަފިރިންގެ ތިންވަނަ ދަރިފުޅު އެސްތީ ވެސް ލިބިފަ އެވެ.

ޖޯން އޭނާގެ އިންސްތަގްރާމްގައި ތިން ފޮޓޯއެއް ހިއްސާކޮށްފައިވެ އެވެ. މީގެ އެއް ފޮޓޯގައި ފެންނަނީ ޖޯންގެ ދޮށީ ދަރިފުޅު ލޫނާ ސިމޯން، 7، ފައި ނަގައިގެން ފަހަތުގައި ހުއްޓިފައި ހުރި ތަނާއި، ދެވަނަ ކުއްޖާ މައިލްސް ތިއެޑޯ، 4، ޖޯންގެ ފައިމަތީ އިށީނދެގެން އިން ތަނެވެ. އަދި ޖޯން އިނީ އެސްތީ އާއި ރެން އުރައިގެންނެވެ. ދެވަނަ ފޮޓޯއިން ފެންނަނީ ރެން އުރައިގެން ކުރިސީ އިން އިރު ރެން އަށް ބަލަން ޖޯން އިންނަ ތަނެވެ. ތިންވަނަ ފޮޓޯ އަކީ ރެންގެ މޫނު އެކަނި ފެންނަ ގޮތަށް އިން ފޮޓޯއެކެވެ.

ކްރިސީވެސް ވަނީ ދިގު އިންސްތަގްރާމް ޕޯސްޓަކުން ރެންގެ ވާހަކަ ލިޔެފަ އެވެ. މި ޕޯސްޓްގައި ކްރިސީ ވަނީ އެމީހުންގެ ސަރޮގޭޓް، އެލެކްޒެންޑްރާ އަށް ތައުރީފްކޮށް، އެފަދަ އަގުހުރި ހަދިޔާއެއް ލިބުނީތީ ޝުކުރު އަދާކޮށްފަ އެވެ.