މޯލްޑިވްސް ޕޮލިސް ސާވިސް

ވިލިމާލެ އިން އަންހެނަކު ގެއްލިގެން ހޯދަނީ

ވިލިމާލެ އިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އާއިލާ އަށް ހަބަރެއް ނުވާތީ ގެއްލިގެން ހޯދަން ފުލުހުންގެ އިދާރާއިން އިއުލާންކޮށްފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ އާތިފާ އަބްދުﷲ އެވެ.

އާތިފާ އެންމެ ފަހުން ފެނުނީ ރޭ 10:25 ހާއިރު ވިލިމާލޭގައި އޭނާ އުޅޭ ގެއިން ކަމަށްވެ އެވެ.

ފުލުހުން ބުނީ އާތިފާ އެންމެ ފަހުން ލައިގެންހުރީ ފެހިކުލައިގެ ހެދުމެއް ކަމަށާއި އަޅައިގެން ހުރީ ފިޔާތޮށި ކުލައިގެ ޝޯލެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އާތިފާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.

މާލެ އާއި އަތޮޅު ތެރޭގެ ރަށްތަކުން މިފަހުން މީހުން ގެއްލިގެން ހޯދަން ޖެހުން ދަނީ އާންމުވަމުންނެވެ.