މޯލްޑިވްސް ޕޮލިސް ސާވިސް

ވިލިމާލެ އިން މީހަކު ގެއްލިގެން ހޯދަނީ

ވިލިމާލެ އިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ގެއްލިގެން ހިދަނީ ދ. މީދޫ، ދުނިބުރިމާގެ، މަރްޔަމް ރާމިޒާ (36 އ) އެވެ.

ރާމިޒާ ގެއްލިގެން އޭނާގެ އާއިލާ އިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 8:30 ހާއިރު އެވެ.

އާއިލާ އާއި ހަވާލާދީ ފުލުހުން ބުނީ ރާމިޒާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 9:00 ހާއިރު އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ.

ފުލުހުން ވަނީ ރާމިޒާއާ ގުޅޭ އެއްވެސް މައުލޫމާތެެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ އެ މައުލޫމާތު ވީހާވެސް އަވަހަށް ހިއްސާކުރުމަށް އެދިފަ އެވެ.