މޯލްޑިވްސް ޕޮލިސް ސާވިސް

ގެނބުުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލޭ ބާބަކިޔު ސަރަހައްދާއި ދިމާލު މޫދުގައި ގެނބުނު އަންހެނަކު ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގައި އަންހެނަކު ގެނބޭ ކަމަށް ރޭ 12:31 ހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ފުލުހެއްގެ އެހީތެރިކަމާއެކު އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ.

އުމުރުން 32 އަހަރުގެ އެ އަންހެން މީހާ ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އާއިލާއާ ހަވާލުކުރުމަށްފަހު މިހާރު އައިޖީއެމްއެޗަށް ފޮނުވާލާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުސް މީހާ ކޮންމެވެސް ވަރަކަށް ލޮނުބޮވި ހާލު ގޯސްވެގެން ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ.

އެ ފުލުސް މީހާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.