މޯލްޑިވްސް ޕޮލިސް ސާވިސް

ވައްކަމުގެ މައްސަލަތައް އެންމެ މަދީ ޖޫންގައި

ވައްކަމުގެ މައްސަލަތައް މިދިޔަ ތިންމަހާ އަޅާބަލާއިރު އެންމެ މަދީ މިދިޔަ ޖޫން މަހު ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ވައްކަމުގެ މައްސަލައިގެ ގޮތުގައި ޖޫން މަހު ފުލުހުންނަން ހުށަހަޅާފައިވަނީ 172 މައްސަލަ އެވެ.

ޕޮލިހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވައްކަމާއި ފޭރުމުގެ މައްސަލަ ދަނީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ.

ޖޫން މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް

  • ވައްކަންކުރުމުގެ 172 މައްސަލަ
  • ޓްރެފިކް އެކްސިޑެންޓް 140 މައްސަލަ
  • މަސްތުވާތަކެއްޗާ ގުޅޭ 117 މައްސަލަ
  • މަކަރާއި ހީލަތް ހެދުން 55 މައްސަލަ
  • އަނިޔާކުރުމުގެ 45 މައްސަލަ
  • މުދަލަށް ގެއްލުން ދިނުމުގެ 39 މައްސަލަ
  • ފޭރުމުގެ 21 މައްސަލަ
  • ޖިންސީ ގޯނާގެ 20 މައްސަލަ
  • ގެވެށި އަނިޔާ 11 މައްސަލަ
  • ފޯޖް ކުރުމުގެ 9 މައްސަލަ

ވައްކަމުގެ މައްސަލަތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީގައި ރިޕޯޓް ކޮށްފައިވަނީ 307 މައްސަލަ އެވެ. އަދި ފެބުރުއަރީގައި ރިޕޯޓް ކޮށްފައިވާ އަދަދަކީ 294 މައްސަލަ އެވެ. މާޗްގައި ރިޕޯޓް ކޮށްފައިވާ އަދަދަކީ 276 މައްސަލަ އެވެ.