މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލިގެން ހޯދަމުން ދިޔަ މީހާ ގެއަށް އަތުވެއްޖެ

Jul 1, 2023
1

ވިލިމާލެ އިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ގެއަށް އަތުވެއްޖެ އެވެ.

އާއިލާ އަށް ހަބަރެއް ނުވާތީ ގެއްލިގެން ހޯދަން ފުލުހުންގެ އިދާރާއިން އިއުލާނުކުރި މާލެއަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ އާތިފާ އަބްދުﷲ އެވެ.

ފުލުހުން ބުނީ އާތިފާ އަމިއްލައަށް ގެއަށް އައިސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އާތިފާ ގެއްލިގެން ހޯދުމަށް ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ހެނދުނު 10:25 ހާއިރު އެވެ.