މޯލްޑިވްސް ޕޮލިސް ސާވިސް

ތެޔޮ ބޯޓެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަނީ

Dec 31, 2022

ތެޔޮ ބޯޓެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ ވިލިމާލެ އިން ތެޔޮ ބޯޓެއްގައި މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ފުރި ދެ މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ.

ގެއްލިފައިވަނީ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު (45 އ) އާއި ބަނގްލަދޭޝްގެ މޮހައްމަދު ލިޓަން (35 އ) އެވެ.

މި ދެ މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 29 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ މި ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.