މޯލްޑިވްސް ޕޮލިސް ސާވިސް

ނައިފަރުގައި ތިން ލޯންޗު އަނދާ ހުލިވެއްޖެ

ޅ. ނައިފަރު ބަނދަރުގައި އޮތް ތިން ލޯންޗެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އަވަސް އަށް ވިދާޅުވި ގޮތުގައި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ ފަތިހު އެވެ. މި ހާދިސާގައި މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ނައިފަރުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ބަނދަރުގައި ތިން ލޯންޗު އަޅާފައި އޮތީ ކައިރި ކައިރީގަ އެވެ.

"ބޮޑަށް ބެލެވެނީ އެއް ލޯންޗުގައި އަލިފާން ރޯވެ އަނެއް ދެ ލޯންޗަށް އަލިފާން ފެތުރުނީ ކަމަށް،" ނައިފަރުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.