ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އޮގަސްޓް މަހު ގޯތި ހަވާލުކުރަން ފަށާނަން: ރައީސް ސޯލިހް

ސަރުކާރުގެ ބިންވެރިޔާ ސްކީމް ޕްރޮގްރާމުން ދޫކުރާ ގޯތިތައް މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ގުޅީފަޅު ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ލިބޭ ޝަކުވާތައް ބެލުމަށްފަހު ލިސްޓުގައި ހުރި މައްސަލަތައް ހައްލުކޮށް އެންމެ ލަސްވެގެން އޮގަސްޓް މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ގުޅީފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލެއިން 6،200 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ ތެރޭގައި ހުޅުމާލެއިން ދޫކުރާ 2،200 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2،000 އަށްވުރެ ގިނަ ގޯތި ހިމެނޭ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ގިރާވަރުން 20 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ.